"ބަންޓީ އޯރު ބަބްލީ 2" ރިލީޒްކުރާނީ އަންނަ މަހު

ފިލްމުން ފެނިގެންދާ ތަރިން---

ދެހާސް ފަސް ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއަލް ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

ޔަޝްރާޖް ފިލްމްސްއިން ގެނެސްދޭ މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. އަދި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން އެވެ. މި ފިލްމަކީ އަންނަ މަހުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގަ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަން އާއި ރާނީ މުކަރްޖީ އެވެ. އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރާނީ އާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމަށެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ހަމް ތުމް" އާއި "ތާރާ ރަމް ޕަމް" އެވެ.

ބަންޓީ އޯރް ބަބްލީ ވެގެންދާނީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މަރުދާނީ 2" އަށްފަހު ބަތަލާ ރާނީ ފެނިގެންދާ ފިލްމަށެވެ.

comment ކޮމެންޓް