ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި

ނައިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ހުން ދަގަވެ، އާލާސްކަންފުޅު ބޮޑުވެގެން ނައިބު ރައީސް ހޮސްޕިޓަލުގައި އެޑްމިޓު ކުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ނައިބު ރައީސްގެ ހާލު ކޮޅު މިހާރު ރަގަޅު ކަމަށާާއި ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލްގެ ކޮވިޑް ޓެސްޓު ހެދި އިރު ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކު މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް