ރާއްޖެ-ލަންކާ ގުޅާލި އާ ސަބްމެރިން ކޭބަލްއިން ހިދުމަތް ދޭން ތައްޔާރު ވެއްޖެ

ސްރީލަންކާގެ މައުންޓް ލެވީނިއާ އާއި ހުޅުމާލެ އާއި ދެމެދު އެޅި ސަބްމެރިން ކޭބަލް ---

ރާއްޖޭގެ ދެ ޓެލެކޮމް ޕްރޮވައިޑަރުން ކަމުގައިވާ ދިރާގު އަދި އުރީދޫގެ އިތުރުން ސްރީލަންކާގެ އެންމެ ބޮޑު އެއް ޓެލެކޮމް ސާވިސް ޕްރޮވައިޑަރު ޑައިލޮގް އެޒިއާޓާ ގުޅިގެން ސްރީލަންކާގެ މައުންޓް ލެވީނިއާ އާއި ހުޅުމާލެ އާއި ދެމެދު އެޅި ސަބްމެރިން ކޭބަލުން ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ.

މި ކޭބަލް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ވާވޭ މެރިން ނެޓްވޯކްސް އިންނެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ކުރީކޮޅު އަޅަންފެށި ކޭބަލް އިން ރާއްޖެ-ލަންކާ ގުޅާލާ ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ މަސައްކަތުގެ ދަށުން، އެޅި ސަބްމެރިން ކޭބަލްގެ 45 ޕަސަންޓު ހިއްސާ އޮންނާނީ ދިރާގަށެވެ. އުރީދޫ މޯލްޑިވްސްއަށްވެސް 45 ޕަސަންޓު އޮންނަ އިރު ސްރީލަންކާގެ ޑައިލޮގް އެޒިއާޓާއަށް އޮންނާނީ މި ކޭބަލްގެ 10 ޕަސަންޓު އޯނާޝިޕެވެ.

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީއަކީ ރާއްޖެއާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅި ކޭބަލްއެކެވެ. މި ކޭބަލް އާއެކު ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

އެމްއެސްސީ ސިސްޓަމް އަކީ ލަންކާގެ ޑައިލޮގް އިން ސަބްމެރިން ކޭބަލް އަށް ކުރި ދެވަނަ އިންވެސްޓްމެންޓެވެ. އެކުންފުނިން މީގެ ކުރިން ވަނީ ބީބީޖީ ކޭބަލް (ބޭ އޮފް ބެންގާލް ގޭޓްވޭ) އާއި ލަންކާ ގުޅާލާފައެވެ.

އެމްއެސްސީ އަކީ ރާއްޖެއަށް ގުޅާލެވުނު ތިންވަނަ ސަބްމެރިން ކޭބަލް އެވެ.

ފުރަތަމަ ކޭބަލްއަކީ ދިރާގާއި ސްރީލަންކާ ޓެލެކޮމް ގުޅިގެން ލަންކާއާއި ރާއްޖެއާ ދެމެދު އަޅާފައިވާ ކޭބަލެކެވެ. ދެވަނަ ކޭބަލަކީ އުރީދޫ މޯލްޑިވްސްއާއި ފޯކަސް އިންފޯކޮމް އަދި އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ގުޅިގެން އަޅާފައިވާ "ވާފް" ސަބްމެރިން ކޭބަލެވެ.

މި ކޭބަލް އިން ހިދުމަތް ދޭން ތައްޔާރުވެފައިވާއިރު، ދިރާގު އަދި އުރީދޫ އިންވެސް ބުނެފައިވަނީ މިއީ ރާއްޖެއަށް ފޯރުކޮށްދޭ ޑިޖިިޓަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ.

https://sun.mv/146786

ހާއްސަކޮށް މުޅި ރާއްޖެއަށް 5ޖީ ނެޓްވޯކު ފޯރުކޮށްދިިނުމަށް ކުރާ މަސައްކަތުގައި މިއީ އިތުރު ބާރަކަށް ވާނެ ކަމަށް ބުނެފައި ވެއެވެ.

އެޗްއެމްއެން ޓެކްނޮލަޖީސްގެ ސޭލްސް އެންޑް މާކެޓިް ވީޕީ، މާ ޔަންގްފެންގް ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ އިނޮވޭޓިވް ޕްރޮޑަކްޓްސް އާއެކު ކަސްޓަމަރުންގެ ބޭނުންތަކަށް ފުރިހަމަ ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި މި ސަރަހައްދުގެ ޓެލެކޮމް އޮޕަރޭޓަރުން ގުޅިގެން އެޅި މި ކޭބަލްގެ މަސައްކަަތުގައި ބައިވެރިވެ، އެ ހިދުމަތް ފޯރުކޮށްދިނުމަކީ، ދުނިޔެ ޑިޖިޓަލް ޓްރާންސްފޮމޭޝާން އަކަށް ކުރާ ދަތުރުގައި އެ ކުންފުނީގެ ބައިވެރިވުން އިތުރު ކޮށްދިން ކަމެއް ކަމަށެވެ.

comment ކޮމެންޓް