ލޯނު ދެއްކުމަށް 161 މިލިއަން ރުފިޔާ ހަރަދު ކޮށްފި

އޮކްޓޯބަރު 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރުގެ ލޯނުތައް އަދާކުރުމަށް މި އަހަރުގެ ފުރަތަމަ ދޮޅު މަހުގެ ތެރޭ 161 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުން އެ މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ހަރަދު އުޅެނީ ދެ ބިލިއަން ރުފިޔާގަ އެވެ.

ރިކަރަންޓަށް 1.5 ބިލިއަން ހޭދަކުރި އިރު ކެޕިޓަލް ހަރަދުތަކަށް 545.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ ދޮޅު މަހުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 197 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ.

އެހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވެސް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ޓެކްސް އާމްދަނީގެ ގޮތުގައި 1.9 ބިލިއަން އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 261 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21 ބިލިއއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ޓެކްސް އާމްދަނީ ދަށްވާން ފެށި ނމަވެސް ޑިސެމްބަރުން ފެށިިގެން ޓޫރިޒަމް ހަމައަކަށް އެޅެންފެށުމާ އެކު ޓޫރިޒަމް ދާއިރާ އިން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ރަނގަޅުވާން ފަށައިފަ އެވެ.

comment ކޮމެންޓް