މިދިޔަ އަހަރު ނުވަ ފަނޑިޔާރަކު ވަކިކޮށް ދެ ފަނޑިޔާރަކު ސަސްޕެންޑްކުރި

ނޮވެމްބަރ 7، 2019: ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ނުވަ ފަނޑިޔާރަކު ވަކިކޮށް ދެ ފަނޑިޔާރަކު ސަސްޕެންޑްކުރި ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ 114 މައްސަލައެއް ބަލަން ނިންމާ ތަހުގީގުތައް ހިންގުމަށް 44 ތަހުގީގީ ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން މިިދިޔަ އަހަރުގެ ކުރިން ހުށަހަޅާފައި އޮތް 73 މައްސަލައަކާއި މިދިޔަ އަހަރު އަލަށް ހުށަހެޅި 41 މައްސަަލައެއް ކުރިއަށް ގެންދިޔަ ކަަމަށް ޖޭއެސްސީން ބުންޏެވެ. އޭގެ ތެރެއިން ވަނީ 54 މައްސަލަ ނިންމައިފަ އެވެ.

މިދިޔަ އަހަރު ވަނީ ހަތަރު ފަނޑިޔާރަކަށް ނަސޭހަތްދީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގި އެވެ.

ޖޭއެސްސީން ބުނީ މިދިޔަ އަހަރު 288 މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 77 ޕަސެންޓް މައްސަލަ ބަލަން ނުފެންނަކަމަށް ޖޭއެސްސީން ނިންމި އެވެ.

މިދިޔަ އަހަރު ޖޭއެސްސީން ވަނީ 95 ޖަލްސާ ބާއްވައިފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 3.5 ގުނަ އިތުރު އަދަދެކެވެ.

comment ކޮމެންޓް