އޮންލައިން ހިދުމަތަށް އިސްކަންދޭ ގޮތަށް ޓެކްސް ޗާޓަރަށް ބަދަލު ގެނެސްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަށް ބަދަލު ގެނެސްފިއެވެ.

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަކީ މީރާ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާއި، މީރާގެ ފަރާތުން، ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދު ކުރާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރެކެވެ.

މީގެ އިތުރުން، މި ޗާޓަރު ގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކޮށްފައިވާ ކަމަށާއި ޗާޓަރުގެ ބޭނުމަކީ މީރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ހިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން ބުންޏެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަށް ގެނައި ބަދަލުތަކުގެ ތެރެއިން ހިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ހިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ވަނީ ބާރު އަޅައިފައެވެ.

އެގޮތުން ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި ޒަމާނި ޓެކްނޮލަޖީ ބޭނުން ކުރުމަށް ބާރުއަޅާފައިވާއިރު، އޮންލައިންކޮށް ޓެކްސް ދ ައްކަން ލާޒިމު ނޫން ފަރާތްތަކުންވެސް އޮންލައިން ހިދުމަތް ބޭނުން ކުރުމަށް ޗާޓަރުގައި ބާރުއަޅާފައި ވެއެވެ.

މި ޗާޓަރުގައި ކަނޑައަޅައިފައިވާ ހިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ހިދުމަތްތައް ދިނުމަށް އިސްކަން ދޭނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް