ބޮޑެތި ބްރޭންޑުތަކުގެ 7 ރިސޯޓެއް މިއަހަރު ހުޅުވާނެ

ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ކޮންސެޕްޓް ޑިޒައިން --

ބޮޑެތި ހަތް ބްރޭންޑެއްގެ ރިސޯޓުތައް ހިމެނޭގޮތަށް މި އަހަރު ރާއްޖޭގައި 13 ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި މިހާރުވެސް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޮޑެތި ބްރޭންޑުތަކުގެ ރިސޯޓުތައް ހިންގައެވެ. މިއަހަރުގެ އެކި ހިސާބުތަކުގައި އާ ރިސޯޓުތައް ހުޅުވަން ތައްޔާރުވެފައިވާއިރު އަލްޓްރާ ލަގްޒަރީ ބްރޭންޑުތަކުގެ ރިސޯޓުތައްވެސް މި އަހަރު އަލަށް ހުޅުވާނެއެވެ.

1. އަވާނީ ފަރެސް: ބ. އަތޮޅު ފަރެސްގައި ތަރައްގީކުރާ މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ފަހު ކުއާޓަރުގައެވެ. މައިނާ ހޮޓެލްސްގެ ދަށުން ހިންގާ އަވާނީ ބްރޭންޑުގެ ރިސޯޓުތައް ދުނިޔޭގެ 15 ގައުމެއްގައި ހިންގައެވެ. މިއީ މައިނާ ހޮޓެލްސްގެ އަވާނީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

2. އެޑްރެސް މަޑިވަރު: މިއީ ދުބާއީގެ އެޑްރެސް ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ބްރޭންޑުގެ ރިސޯޓު/ހޮޓާތައް މިސްރު އަދި ދުބާއީގައި ހިންގާއިރު އެޑްރެސް މަޑިވަރު މޯލްދިވްސް ރިސޯތު ސްޕާ ތަރައްގީ ކުރަނީ ގިނަ ރަށްތަކެއް އެކުލެވޭ ގޮތަށެެ. މި ރިސޯޓުގައި ސްޕާ އަށް އެއް ރަށް ހާއްސަ ކޮށްފައި ހުންނާނެއެވެ. މިއީ މާލެ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެކެވެ.

3. ކޮކޯގިރި އައިލެންޑް ރިސޯޓު: މާޗު އެއްވަނަ ދުވަހު ހުޅުވަން ނިންމާފައވާ ކޮކޯ ގިރި އަކީ ބުރީކް އައިލެންޑް ކޮންސެޕްޓަށް ތަރައްގީ ކުރާ ރިސޯޓެކެވެ. ވާވު އަތޮޅުގައި ތަރައްގީކުރާ މި ރިސޯޓުގައި 20 ބީޗް ވިލާ އާއި 20އޯވާ ވޯޓާ ވިލާ ހުންނާނެއެވެ.

4. ދަ ޗީޑީ ކުޑަވިލިނގިލި: މިއީ ޖީއެޗްއެމް ހޮޓެލްސްގެ ދަ ޗީޑީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 25 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކުރާ މި ރިސޯޓުގައި 36 އޯވާ ވޯޓާ ވިލާ އާއި 63 އައިލެންޑް ވިލާ އާއެކު 99 ވިލާ ހުންނާނެއެވެ.

5. ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ: މިއީ ޅ އަތޮޅުގައި ތަރައްގީކުރާ މަތީ ފަންތީގެ ރިސޯޓެކެވެ. މެރިއޮޓް އިންޓަނޭޝަަލް ގެ ބްރޭންޑު، ލެ މެރެޑިއާންގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު ހުޅުވަން ނިންމާފައިވަނީ 2021 ސެޕްޓެމްބަރު މަހުއެވެ. ޅ.ތިލަމާފުށީގައި ތަރައްގީކުރާ 50 އަށްވުރެ ގިނަ ޑައިވް ސައިޓް ހިމެނޭ ސަރަހައްދެއްގައި އޮންނަ ރިސޯޓެކެވެ.

6. ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސް: މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގަ އެވެ. މިއީ ރިޒް ކާލްޓަން އިން ތަރައްގީ ކުރާ ފަރި އައިލެންޑްސް ގައި ހުޅުވާ ރިސޯޓެކެވެ.

7. ރިޒް ކާލްޓަން ފަރި އައިލެންޑްސް: މިއީ މެރިއޮޓްގެ ދަށުން ހިންގާ ޗެއިން އިން ރާއްޖޭގައި ތަރައްގީކުރާ އަލްޓްރާ ލަގްޒަރީ ރިސޯޓެކެވެ. ފަރި އައިލެންޑްް ކޮންސެޕްޓުގައި ތިން ރަށެއް ތަރައްގީކުރާއިރު ފަޓީނާ މޯލްޑިވްސް އާއި ރިޒް ކާލްޓަލް ފަރި އައިިލެންޑްސް ހުޅުވަން ނިންމާފައިވަނީ މި އަހަރުއެވެ.

8. ޒެޒް އެސްކޭޕްސް މޯލްޑިވްސް ރިސޯޓު: އދ އަތޮޅުގައި ތައިލެންޑުގެ ޔުނިކޯން ހޮސްޕިޓަލިޓީ އިން ތަރައްގީ ކުރާ މި ރިސޯޓަކީ އެޑަލްޓް-ފޯކަސްޑް ބީޗް ރިސޯޓެކެވެ.

9. މަނިޔަ ފަރު ރިސޯޓު: މާލެ އަތޮޅުގައި މަނިޔަ ފަރު ތަރައްގީކުރަނީ 110 ވިލާ އާއެކު އެވެ.

10. ގްރެން މެލިއާ ހުރަވީ: މިއީ ތ. އަތޮޅު ކަޅުދިޔަފުށި ގައި ތަރައްގީކުރާ 100 ވިލާގެ ރިސޯޓެކެވެ. ދަ ގްރެން މެލިއާ އަކީ ސްޕެއިންގެ ބްރޭންޑެކެވެ.

11. ޓޮލާނޯ މޯލްޑިވްސް ކުނާ ވަށި ރިސޯޓު: ވ. އަތޮޅުގައި ތަރައްގީ ކުރާ މި ރިސޯޓުގައި 72 ވިލާ ހުންނާނެއެވެ. މިއީ ލަ ވީ ހޮޓެލްސް އެންޑް ރިސޯޓުގެ ދަށުން ހިންގާ ބްރޭންޑެކެވެ.

12. މަޑިފުށި ޕްރައިވެޓް އައިލެންޑް: މ. މަދިފުށީހައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ މި ރިސޯޓަކީ ޑައިވިން އަށް ލޯބި ކުރާ ޓޫރިސްޓުންނަށް ކަމުދާނެ ރިސޯޓެކެވެ.

13. ސިޔާމް ވޯލްޑް: ސަން ސިޔާމް ރިސޯޓްސް އިންް ނ އަތޮޅުގައި ތަރައްގީ ކުރާ މި ރިސޯޓު ހުޅުވަން ތައްޔާރުވެފައިވަނި މި އަހަރުގެ މާޗު މަހުއެވެ.

comment ކޮމެންޓް