ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަކެއް ޅ. އަތޮޅުގައި

އެމްއެންޑީއެފް އިން މީގެ ކުރިން ބޭއްވި ތަމްރީނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތިޔާރާއެކު ސިފައިންގެ އެކްސަސައިޒެއް ޅ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދުން ފެށިގެން މިމަހުގެ 10ގެ ނިޔަލަށް މި އެކްސަސައިޒް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގައި ހިންގާ މި އެކްސަސައިޒްގެ ދަށުން ޅ. އަތޮޅުގެ ބައެއް ރަށްރަށާއި އެ އަތޮޅުގެ ބައެއް ރިސޯޓުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް