މާސްކު ނާޅަައި އުޅުއްވި ޗިލީގެ ރައީސް ޖޫރިމަނާކޮށްފި

ޗިލީގެ ރައީސް (ވ) މީހަކާއެކު ނެންގެވި ސެލްފީ--

މާސްކު ނާޅަައި އުޅުއްވި ޗިލީގެ ރައީސް ސެބާސްޓިއަން ޕިނޭރާ ޖޫރިމަނާކޮށްފިއެވެ.

ޗިލީގެ ރައީސް އިއްޔެ މޫދު ކައިރީގައި މާސްކު ނާޅުއްވައި މީހަކާއެކު ސެލްފީއެއް ނެގި މައްސަަލަ ވަރަށް ހޫނުވިއެވެ. އެ މައްސަލައިގައި ފަހުން އެމަނިކުފާނު ވަނީ މާފަށް އެދިވަޑައިގެންފައެވެ.

އެ ސެލްފީގައި ރައީސްއާއެކު އަންހެންމީހާ ހުރީ ވަރަށް ކައިރި ކައިރީގައެވެ.

އެ މައްސަލައިގައި އެމަނިކުފާނުވަނީ 2.5 މިލިއަން ޗިލިއަން ޕޭސޯ (3500 ޑޮލަރު)ން ޖޫރިމަނާކޮށްފައެވެ.

ޗިލީގައި އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުއިރު އެ ގަވައިދާ ހިލާފުވާ މީހުން ބޮޑު އަދަދުން ޖޫރިމަނާކޮށް ޖަލަށްވެސް ލެެވެއެވެ.

ޗިލީގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރުނީ މިދިޔަ މޭ އަދި ޖޫން މަހުއެވެ. އަދި ނޮވެމްބަރު މަހަށް އައިއިރު ބަލި ފެތުރޭ މިންވަރު މަދުވެފައެވެ. ނަމަވެސް އަނެއްކާވެސް ބަލި ފެތުރޭ މިންވަރު ވަނީ މައްޗަށް ދާން ފަށައިފައެވެ.

ޗިލީގައި ކޮރޯނާ ވައިރަސްގެ 581،135 ކޭސް ފެނިފައިވާއިރު ބަލީގައި 16،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

-- ރޮއިޓާސް

comment ކޮމެންޓް