ވިންޑް ސާފްބޯޑެއްގައި ކަނޑަށް ނުކުތް ދެ މީހުން ސަލާމަތްކޮށްފި

ގެއްލިގެން ހޯދި ދެ މީހުންގެ ތެރެއިން ފެނުނު އެކަކު--

ވިންޑް ސާފްބޯޑެއްގައި ރަށަކަށް ދަތުރުކުރަނިކޮށް ގެއްލުނު ދެ މީހުން އެމްއެންޑީއެފްއިން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން ވިންޑް ސާފްބޯޑެއްގައި ލ. މާމެންދޫއިން ދިޔައީ އެ އަތޮޅު ހިތަދޫއަށް ކަަމަށެވެ.

އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ދެމީހުން ނުފެނިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓު ގާޑު އުޅަނދުން ހަރަކާތްތެރިވަނިކޮށް ފެނިގެން މިހާރު ވަނީ އެ ދެމީހުން އެ އުޅަނދަށް ނަގައިފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށެވެ.

މޫސުން ވަރަށް ގޯސްވެ، ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓްވެސް މެޓް އޮފީހުން ރޭ ނެރުނެވެ. މެޓް އޮފީހުން އޭރު ބުނީ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެެލެވޭ ކަމަށެވެ.

comment ކޮމެންޓް