ވަތަނީ ޚިދުމަތުން ސިފައިންގެއާ ގުޅުނު ދަރިވަރުންނަށް ރައީސްގެ މަރުހަބާ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 137 ދަރިވަރަކު ދިވެހި ސިފައިންގެ ޚިދުމަތާ ގުޅުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, ދިވެހި ވަޠަނީ ޚިދުމަތް ފަށައިފައިވަނީ އަމިއްލަ ނަފުސަށް އިތުބާރުކުރާ, އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ކަމަށެވެ. އޭގެ ތެރެއިން ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކޯހުން އެކި ވަނަތައް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް ރައީސް ވަނީ އައްސަރިބަހާއި ސާބަސް ވިދާޅުވެފައެވެ.

މޯލްޑިވްސް ނޭޝަނަލް ސާވިސް، ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ޒުވާނުން ތަމްރީނަށް ފުރީ މިމަހުގެ އަށްވަނަ ދުވަހުގައެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާގާއި ސުލޫކުގެ އިތުރުން، ލީޑާޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެ ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް، ރައީސް ވަނީ ވިދާޅުވެފައެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުން ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 137 ޒުވާނަކު ވަނީ ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، ދަސްވެނިވެފައެވެ. ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ މި ދަރިވަރުންނަށް ރައީސް ވަނީ މަރުހަބާއާއި ސާބަސް ވިދާޅުވެފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ގައުމިއްޔަތަށް ލޯބިކުރާ، އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިގޮތުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ގާބިލު ބަޔަކު އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ގައުމީ ފެންވަރުގައި ދަނީ ފެންނަމުންނެވެ.

  • ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން 137 ދަރިވަރަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުން.
  • މި ދަރިވަރުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންކަން.
  • ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ޒުވާނަކު ތިން މަސް ދުވަހުގެ ތަމްރީނަށް މިމަހު ފުރުން.
  • މި ތަމްރީނުތަކުގައި ގައުމިއްޔަތާއި، ދީނީ ތަރުބިއްޔަތު، އަދި ލީޑާޝިޕާއި ހަށިހެޔޮކަމުގެ ހުނަރުތައް ދަސްކޮށްދިނުން.
  • މިއީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތުކަން.
  • ގައުމީ ޚިދުމަތަށް ޒުވާނުން ނެރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއްކަން.
  • އަޚުލާގާއި ދީނީ ތަރުބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ޖީލެއް އުފެއްދުން.
  • ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ޒުވާނުންގެ ބައިވެރިވުން ފުޅާކުރުން.
comment ކޮމެންޓް