ތޫނުއެއްޗަކުން ޒަޚަމްވި މީހަކު އޭޑީކޭއަށް ގޮސްފި: ފުލުހުން

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ތޫނު އެޗަކުން ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދަން އޭޑީކޭ ހޮސްޕިޓަލަށް މީހަކު ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންނަށް އެ މައްސަލައިގެ ރިޕޯޓު ލިބުނީ މިރޭ 10:51 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތޫނު އެޗައްކުން ލިބިފައިވާ ޒަޚަމަކާ އެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމުގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މިރޭ މާލޭގައި ތޫނު އެޗަކުން މީހަކަށް ހަމަލާ ދިން އިރު، އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ.

comment ކޮމެންޓް