ކުއްތާ ބޭނުންކޮށްގެން އެމްޕީއެލްގައި ހިންގަނީ ހާއްސަ އޮޕަރޭޝަނެއް ނޫން: ފުލުހުން

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ---

ކުއްތާ ބޭނުންކޮށްގެން އެމްޕީއެލްގައި ހިންގަނީ ހާއްސަ އޮޕަރޭޝަނެއް ނޫންކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިރޭ ވިދާޅުވީ ކުއްތާ ބޭނުންކޮށްގެން މިއަދު މާލެ އާއި އެމްޕީއެލް ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ޑްރަގް އެންފޯސްމަންޓް ޓީމުން ފަށައިފައިވާ ކަމަށެވެ.

އަދި މިއީ ދޭތެރެ ދޭތެރެއިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންގުޅެމުންދާ ކުއްތާތަކަކީ މަސްތުވާތަކެތި ދެނެގަތުމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ކުއްތާތަކެކެވެ. މީގެ ކުރިން ފުލުހުން ކުއްތާ ބޭނުންކޮށްގެން ހިންގި އޮަޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ކުއްތާ އެންމެ ފުރަތަމަ ރާއްޖެގެނައީ 2015 ވަަނަ އަހަރުގަ އެެވެ. އެ ފަހަރު 16 ކުއްތާ ރާއްޖެ ގެނަ އެވެ.

comment ކޮމެންޓް