އިނގިރޭސިވިލާތުގައި އެކަހެރި ކުރުމުގެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ 10،000 ޕައުންޑުން ޖޫރިމަނާކުރަން ނިންމައިފި

އިނިގިރޭސިވިލާތުގެ މަގެއްގައި މީހަކު ހިނގައިފައިދަނީ---

ކޮވިޑް-19 ޖެހިގެން އެކަހެރި ކުރާ މީހުންގެ ތެރެއިން އުސޫލުތަކާ ހިލާފުވެއްޖެ ނަމަ 10،000 ޕައުންޑުން ޖޫރިމަނާކުރަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.

އެ ގަވައިދަށް އަމަަލުކުރަން ނިންމާފައި ވަނީ މި މަހު 28 އިން ފެށިގެންނެވެ.

އެގޮތުން ފުރަތަމަ ފަހަރު 1000 ޕައުންޑުން ޖޫރިމަނާކުރާ އިރު އެކަން ތަކުރާރުކުރާ ނަމަ ނުވަތަ ބަލިޖެހިފައި އުޅެނިކޮށް ވަޒީފާއަށް ނުނިކުންނަ ކަމަށް ބުނެ، ވަޒީފާ އިން ކަނޑާލާނެ ކަމަށް ބުނެ، ވަޒީފާދޭ ފަރާތުން ބިރުދައްކާ ނަމަ 10،000 ޕައުންޑުން ޖޫރިމަނާކުރުމުގެ ފުރުސަތު އޮވެ އެވެ.

އެންމެ މަދުން މުސާރަ ލިބޭ ފަރާތްތަކަށް ވަނީ 500 ޕައުންޑް ދޭން ވެސް މިހާރު ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ގަވައިދު އޮންނަ ގޮތުން ކޮރޯނާ ޖެހިއްޖެ ނަމަ 14 ދުވަސް ވަންދެން އައިސޮލޭޝަން ވާން ޖެހެ އެވެ. އަދި ބަލި ޖެހިފައިވާ މީހެއް ނުވަތަ އަލަމާތްތައް ފެންނަ މީހަކާ އެކު އުޅޭ ނަމަ 14 ދުވަސްވަންދެން އެކަހެރިވާން ޖެހެ އެވެ.

އިނގިރޭސިވިލާތުގައި މިފަހަކަށް އައިސް އަނެއްކާ ވެސް ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ވަނީ މަތިވާން ފަށައިފަ އެވެ. އަދި އެކަމާ ހުރެ ދެވަނަ ފުރަބަންދަކަށް ދިއުމަށް އަނެއްކާ ވެސް ދަނީ ވާހަކަތައް ދަނީ ދެކެވެމުންނެވެ. ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ކޮރޯނާ ޖެހިގެން އިނގިރޭސިވިލާތުން މިހާތަނަށް ވަނީ 42،000 މީހަކު މަރުވެފަ އެވެ.--- އަލްޖަޒީރާ---

comment ކޮމެންޓް