ރާއްޖެއަށް ރަހުމަތްތެރިއަކު ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާ އޮވޭ: ރައީސް

ރައިސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީ އަރިހު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައިދޭ 250 މިލިއަން ޑޮލަރު ހަވާލުކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އިންޑިއާ އިން ދިން އެހީތެރިކަމަށް ރައީސް ސޯލިހު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރައްވައިފައެވެ.

ސަރުކާރުން ބުނީ، މިއީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންނެވުމުން އެގައުމުން ހަމަޖައްސައިދިން މާލީ އިންތިޒާމެއް ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ އިން ވަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

https://sun.mv/143288

އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާޗު މަހު އިންޑިއާ އިން ވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެއަށް ފޮނުވާފަ އެވެ. އަދި އޭޕްރިލް މަހު 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ފޯރުކޮށްދީފައިވާ އިރު، މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް ވެސް ދީފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާ އެކު، ރާއްޖެއިން ލިބެން ނެތް ފަރުވާއަށް ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާ އިން ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި އަށް ފަހަރެއްގެ މަތިން 500 ދިވެހިން ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފަ އެވެ. މީގެ އިތުުރުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އެއާ ބަބްލް އެއް ގާއިމްކޮށް ވައިގެ ދަތުރުތައް ވަނީ ފަށައިފައެވެ.

https://sun.mv/143286

comment ކޮމެންޓް