މާލީގޮތުން އެންމެ ބޮޑު އެހީއެއް ދެނީ އިންޑިއާއިން: އަމީރު

ފިނޭންސް މިނިސްޓަރު އަމީރު --- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއަށް މާލީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އިންޑިއާ އިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭން ނިންމި 250 މިލިއަން ޑޮލަރު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19ގެ މިހާލަތުގައިވެސް އިންޑިއާ އިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދަށް އަދި ރައްޔިތުންނަށް އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދޭ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން މުޅި ދުނިޔެއަށް އިގްތިސޯދ ީގޮތުން އަސަރުކޮށްފައިވާ ކަމަށާއި، ޓޫރިޒަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގޮންޖެހުމެެއް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާއިރު އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރު ބޭނުން ކުރާނީ ކްރިޓިކަލް ޕަބްްލިކް ސާވިސްއަށާއި ކޮވިޑް19 ރެސްޕޮންސަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފާއިތުވި ކުރު މާޒީގައި އެކަނިވެސް އިންޑިއާ އިން ރާއްޖެއަށް މާލީގޮތިން ބޮޑެތި އެހީތަކެއް ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ އިން 500 މިލިއަން ޑޮލަރު ދޭން ނިންމުމާއި، 1.4 ބިލިއަން ޑޮލަރުގެ ފައިނޭންޝަން ޕެކޭޖު މިނިސްޓަރު އަމީރު ފާހަގަ ކުރެއްވިއެވެ.

"އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްއެއްވެސް ހަމަޖައްސާދީފައި. މިއީ މިފަދަ ދަތި ދަނޑިވަޅެއްގައި ލިބުނު މުހިއްމު އެހީތެރިކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސޯޝަލް ހައުސިން ޓާގެޓް ހާސިލް ކުރުމަށް އިންޑިއާ އިން ދޭ އެހީތެރިކަން ފާހަގަ ކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ފަހުގެ ތާރީހުގައި މިހާބޮޑު އެހީތެރިކަމެއް ރާއްޖެއަށް ބޭރު ގައުމަކުން ދިން ފުރަތަމަ ފަހަރު ކަމަށެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/143273

comment ކޮމެންޓް