ހުޅުމާލޭގައި ހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑާލަނީ

ހުޅުމާލެ ފިތުރޯނު މަގު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ހެދިފައިހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑާލަން ނިންމައިފި އެވެ.

އެޗްޑީސީ އިން މިއަދު ބުނީ ފިތުރޯނު ގަސްތައް ކަނޑާލަން ނިންމީ އެ ގަސްތަކަކީ ވަރަށް އަވަހަށް ހެދޭ، ބާރަށް މޫތައް ފެތުރިގަންނަ ގަހަކަށް ވެފައި، މޫތައް ފެތުރިގަނެ ތާރުގަނޑަށް ގެއްލުންވާތީ ކަމަށެވެ.

ހުޅުމާލެ ހިއްކުމަށް ފަހު ގިރައިގެން ދިޔުމުން ސަލާމަތްކުރުމަށާއި ބިންގަނޑު ވަރުގަދަކޮށް ހިފެހެއްޓުމަށް ގިނަ އަދަދެއްގެ ފިތުރޯނު ގަސް އިންދާފައިވެ އެވެ.

ހުޅުމާލޭ "ފިތުރޯނު މަގަކީ" ގިނަ އަދަދެއްގެ ފިތުރޯނުގަސް ހެދިފައި އޮންނަ ހިޔާކަން ބޮޑު ފެހި މަގެކެވެ. ފޮޓޯ ނެގުމަށް ވެސް މިއީ މަގުބޫލު މަގެކެވެ.

ފިތުރޯނުގަސްތައް ނެގުމާ ގުޅޭ ގޮތުން އެޗްޑީސ އިން ބުނީ ގަސްތައް ނަގަނީ މޫތައް ދެމިގެން ދިޔުމުން މަގުތައް ހަލާކުވާތީ ކަމަށާއި ފެނާޢި ނަރުދަމާގެ ނިޒާމަށް ވެސް ގެއްލުންވާ ކަމަށެވެ.

އަދި ޑްރެއިނޭޖް ސިސްޓަމް ބްލޮކުވެ ސާފުކުރަން އުނދަގޫވާ ކަމަށް ވެސް ބުންޏެވެ.

މި ގަސްތައް ނެގުމަށްފަހު ހިޔާދޭ އެހެން ގަސްތައް އިންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

އަދި ފިތުރޯނު ގަސްތައްނނަގާ އިރު ނަގާނި ބައެއް ގަސްތައް ކަމަށާއި ގަަސްތައް ނެގުމަށް ފަހު އެހެން ސަރަހައްދެއްގައި އިންދަން ނިންމާފައިވާ ކަމަސް އެޗްޑީސީ އިން ބުންޏެވެ. ނުވަތަ އެ ގަސްތައް އެހެން ބޭނުމަކަށް ބޭނުން ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ހުޅުމާލޭ އެކި ސަރަހައްދުތަކުގައި ހެދިފައި ހުރި ކުނިއެޅޭ ޒާތުގެ ގަސްތައް ނަގައި އެޗްޑީސީ އިން މިހާރު ވެސް ދަނީ އެހެން ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް