ސުޕަނެޓް ސްޕީޑު ފަސްގުނައާ ހަމައަށް އަވަސް، އިތުރު ޑޭޓާ

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބަދަލުގެނެސް އިތުރު އަގަކާ ނުލާ ޕެކޭޖުތަކުގެ ސްޕީޑު ފަސް ގުނައާ ހަމައަށް އަވަސްކޮށް 68 ޕަސެންޓު އިތުރު ޑޭޓަ ކަސްޓަމަރުންނަށް ދިނުމަށް ނިންމައިފި އެވެ.

އުރީދޫއިން މިއަދު ބުނެފައިވަނީ އެކުންފުންޏަކީ އެންމެ ފުރަތަމަވެސް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތާއެކު ރާއްޖޭގެ ރައްޔިތުން ގުޅުވައިދިނުމުގެ މަސައްކަތުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާ ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސްވަނީ ނުހަނު ބޮޑުތަން އިތުރުވެފައިވާ ކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއެއްގޮތުގެ މަތިން ކަސްޓަމަރުންގެ އެ ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް މިއަދު ވާނީ އަޕްގްރޭޑް ގެނެސްފައި ކަމަށް އެކުންފުނީން ބުންޏެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ އަލަށް ގެނައި ބަދަލާއެކު ޑޭޓާ ހުސްވުމުން ސްޕީޑް ތްރޮޓުލް ކުރާއިރުވެސް ކުރީގެ ސްޕީޑަށްވުރެ އަވަސްވާނެ ކަމަށެވެ.

މިއަދަކީ އުރީދޫގެ ސުޕަނެޓް ޕެކޭޖްތައް ރިނިއު ވެގެންދާ ދުވަހަށް ވާއިރު މިއަދު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ ސުޕަނެޓްގެ ޕްލޭންތަކަށް ގެނެސްފައިވާ ބަދަލުތަކުގެ އިތުރު މައުލޫމާތު އުރީދޫ އެޕުންނާއި ވެބްސައިޓުން ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މިހާރު ސުޕަނެޓްގެ ޚިދުމަތް ލިބޭ އިރު، ހިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް