އެސްއެމްއީ ބޭންކުން އަންހެން ވިޔަފާރިވެރިންނަށް 14.1 މިލިއަން ރުފިޔާގެ ލޯނު

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން "ފަންނު އެކްސްޕޯ 2019" އަށް ޒިޔާރަތްކުރައްވައި މައުރަޒު ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަންހެން ވިޔަފާރިވެރިންނަށް 14.1 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެސްއެމްއީ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއީ އެ އިދާރާ އިން ދޫކުރި ލޯނުގެ 25 ޕަސެންޓެވެ.

ޖުމްލަ 49 އެޕްލިކޭޝަނަކަށް ލޯނު ދޫކުރަން މިހާތަނަށް ފާސްކޮށްފައިވާއިރު މިއީ ޖުމްލަ 51.3 މިލިއަން ރުފިޔާއެވެ.

އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ހާއްސަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ބޭންކުން ދަނީ ލޯނު ފޯރުކޮށްދެމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްއެމްއީ ބެންކު މެދުވެރިކޮށް މިހާތަނަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި އަންހެން ވިޔަފާރިވެރިންނަށް ދޫކުރި 97. މިލިއަން ރުފިޔާ ހިމެނެއެވެ.

comment ކޮމެންޓް