ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ މަރުވެއްޖެ

ޔާސިރު ޔަހުޔާ ސޯލިހު --

އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ ސޯލިހް މަރުވެއްޖެ އެވެ.

ޔާސިރު ޔަހްޔާގެ ވަކީލުން ބުނިގޮތުގައި އޭނާ މަރުވި ހަބަރު ލިބިފައިވަނީ ދާދި ދެންމެއަކުއެވެ. މިހާރު އެ ހަބަރު އޭނާގެ އާއިލާއާއި ހިއްސާކޮށްފައިވާކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

ޔާސިރު ޔަހްޔާގެ ހާލު ސީރިއަސް ކަމަށް މިދިޔަ ހަފްތާތެރޭގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވަނީ ވިދާޅުވެފައެވެ. ޔާސިރު ޔަހްޔާގެ ވަކީލުންގެ ޓީމުން ބުނިގޮތުގައި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔައީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މިދިޔަ މަސް ތެރޭގައި ޔާސިރު ޔަހްޔާގެ ވަކީލުން ވަނީ އޭނާގެ ބަލިހާލަތުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދިނުމަށް ޝަރީއަތުގެ ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް އިންކާރުކޮށްފައެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަން ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. ޔާސިރު ރާއްޖޭގައި ކުރި ކައިވެންޏަށް ކުއްޖަކުވެސް ވަނީ ލިބިފައިވެއެވެ.

comment ކޮމެންޓް