ގޭމް އޮފް ތްރޯންސްގެ ބަތަލާ ސޯފީ ޓާނާ ވިހައިފި

ސޯފީ އާއި ޖޯ ޖޯނަސް

ގޭމް އޮފް ތްރޯންސް އިން މަގުބޫލުކަން ހޯދި ސޯފީ ޓާނާ 24، ވިހައިފި އެވެ.

ސޯފީ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެެރިޔާ ޖޯ ޖޯނަސް 30 ގެ ފުރަތަމަ ދަރިއަށް ދެމަފިރިން އިންތިޒާރުކުރާކަން އާންމުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަސްތެރޭގަ އެވެ. ސޯފީ ވިހެއީ ހޯމަ ދުވަހު އެވެ.

ސޯފީއަށް ލިބުނީ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް ކިޔަނީ ވިލާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެ ދެމަފިރިން އެންމެ ފަހުން އެކީގައި ފެނިފައިވަނީ ދާދި ފަހުން ބޭއްވި ގްރެމީ އެވޯޑްސް ހަފްލާގެ ތެރެއިންނެވެ.

އެކީގައި އުޅުމަށްފަހު ސޯފީ އާއި ޖޯ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ދެމީހުން ކައިވެނިކޮށްފައި ވަނީ ބިލްބޯޑްސް މިއުޒިކް އެވޯޑްސް އަށް ފަހު އެވެ. އަދި ދެމީހުންގެ ކައިވެނި ވެގެން ދިޔައީ ބޮޑު ސަޕްރައިޒަކަށް ކަމަށް ފޭނުން ބުންޏެވެ.

comment ކޮމެންޓް