ރޮބާޓް ޕެޓިންސަން ބައްޕަ އަކަށް ވެއްޖެ

ހޮލީވުޑްގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ ރޮބާޓް ޕެޓިންސަން ބައްޕަ އަކަށް ވެއްޖެއެވެ.

"ޓްވައިލައިޓް" ފްރެންޗައިޒް އިން ބޮޑު މަގުބޫލު ކަމެއް ހޯދައި ބޮޑެތި ބްލޮކްބަސްޓާ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޕެޓިންސަންއަށް ދަރިއެއް ލިބިފައިވާ ކަން އިއުލާނު ކޮށްފައިވަނީ އޭނާގެ ފިއޯންސޭ ސޫކީ ވޯޓާހައުސް އެވެ.

އެކި ކަހަލަ ފިލްމު އަދި ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފައިވާ ސޫކީ އާއި ރޮބާޓްއަށް ދަރިއެއް ލިބިފައިވާ ކަން އިއުލާނުކޮށްފައިވަނީ ދާދި ފަހުން ސޯޝަލް މީޑިއާއަށް ލީ ޕޯސްޓަކާއެކުގައެވެ.

ޕޯސްޓުގައި ސޫކީ ހާމަކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި ސޫކީ މަންމަ އަކަށް ވެފައިވާ ކަމަށެވެ. އަދި މިހާރު ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ސޫކީ ފާހަގަކުރިއެވެ.

ދެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ކިޔާ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސޫކީ އާއި ރޮބާޓްއަށް ކުއްޖެއް ލިބެން އުޅޭކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ޑިސެމްބަރު މަހުގެ ތެރޭގައި ދެމީހުން ވަނީ އެންގޭޖުވެސް ވެފައެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރުމަށް އިންތިޒާމު ކުރެވެމުން އަންނަ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ދެމީހުން މިއަހަރުގެ ތެރޭގައި ކައިވެނި ކުރުމަށް އަންނަނީ ރާވަމުންނެވެ.

ޕެޓިންސަން އާއި ވޯޓާހައުސް ދިމާވެފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި ދެމީހުން ރައްޓެހިވެގެން އުޅޭކަން ވަނީ އިއުލާނުކޮށްފައެވެ. އެއަށްފަހު ތަފާތު އެކި އިވެންޓުތަކުން ދެމީހުން ފެންނަމުން އައީ އެކީގައެވެ. ދެމީހުންނަށް ކުއްޖެއް ލިބެން އުޅޭކަން އިއުލާނު ކޮށްފައިވެސް ވަނީ ފިލްމެއްގެ ޕްރިމިއާއަށް ދެމީހުން އެކީ ގޮހެވެ.

comment ކޮމެންޓް