ހިތާދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ

ބ. ހިތާދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށު ކައުންސިލްގެ މެންބަރު މުހައްމަދު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ޕޮޒިތިވްވި މީހާގެ ސާމްޕަލް ނެގީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ނަތީޖާ ލިބުނީ މިއަދު ކަމަށެވެ.

ޕޮޒިޓިވްވި މީހާ އަކީ މިމަހުގެ ހަތްވަނަ ދުވަހު މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށް ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާއާއެކު އެއް ގެޔެއްގައި އިތުރ ފަސް މީހަކު ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި އެމީހުން ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންވެސް އެދިގެން މިއުޅެނީ ޕޮޒިޓިވްވި މީހާގެ އިތުރު ޓެސްޓެއް އަލުން ހެދުމަށް. އަދި އެކަމަށްއެދެވޭ ޖަވާބެއް ނުލިބޭ،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ފަރާތުން ބަލީގެ އެއްވެސް ނިޝާނެއްވެސް ނުފެންނަ ކަމަށެވެ. ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުމުން އޭނާ ޢާއެކު ގޭގައި ތިބި އަނެއް ފަސްމީހުންވެސް އިތުރު 14 ދުވަހަށް ކަރަންޓީނު ވުމަށް މިހާރު އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިންވެސސް ހޯމް ކަރަންޓީނު ފުރިހަމަކުރަމުން ދިޔަ ބަޔަކު ދޫކޮށްލުމުގެ ކުރިން ހެދ ޓެސްޓުތަކުގެ ނަތީޖާ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ

މާލެއިން ރަށްރަށަށް ދާ މީހުންނަށް ރަށުތެރެއަށް ނިކުމެވެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު