އިތުރު ހަ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލް އިނތާހުބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވި ޕްރައިމަރީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 23 ގައެވެ. އޭގެ ފަހުން ވަނީ މީގެކުރީންވެސް ވަނީ 17 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަކާއި އަމިއްލަގޮތުން ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓުންގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 17 ކެންޑިޑޭޓެއްގެ ނަން މިހާތަނަށް ގެންގޮސްފައިވާއިރު ފަސް ކެންޑިޑޭޓެއްގެ ނަން ވަނީ އިލެކްޝަންސް ކޮމިޝަނުން އުނިކޮށްފައެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި ނިޔާވި ކެނޑިޑޭޓެއް ހިމެނެއެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

comment ކޮމެންޓް