ބެލަރޫސް އިން ރާއްޖެެ އަންނަ ކުދިންނަށް ފުރޭގޮތް ވެއްޖެ

މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގޮތް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި ދަރިވަރުންނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއާލައިން އަދި ގަތަރު އެއާވޭސް އާއިއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީއިން ވާހަކަ ދައްކައި، މަޝްވަރާކޮށްފައިވާ ކަމަށެވެ.

ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އިންނެވެ.

މި ކުދިންގެ ތެރެއިން ތިން ކުއްޖަކު މިންސްކް–އިސްތަންބޫލް – ދޯހާ މަގުން މާލެ އަުއުމަށް ރޭ ފުރާފައިވާއިރު ހަ ކުއްޖަކު މިންސްކް– މިލާން – ދޯހާ މަގުން މާލެ އައުމަށް މިއަދު ވަނީ ފުރައިފަ އެވެ.

މީގެ އިތުރުން ފަސް ކުއްޖަކު މިންސްކް – އެންސްޓަޑަމް – ދޯހާ މަގުން މާލެ އައުމަށް މިއަދު ފުރާފައިވާއިރު ހަ ކުއްޖަކު މިންސްކް – އިސްތަންބޫލް – ދޯހާ މަގުން މާލެ އައުމަށް މާދަމާ ފުރާނެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް އެޅިފައި ނުވާއިރު ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާ ކަމަށެވެ. އަދި ވިސާގެ ބައެއް އެރޭންޖްމެންޓް ތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއާލައިންތަކާ ގުޅައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރުން މުހިއްމު ކަމަށެވެ.

ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަމަންޓް، ޓިކެޓް ނެންގެވުމުގެ ކުރިން ބައްލަވަންވާނެނެގުމުގެ ކުރިން ބެލުމަށާއި ދަތުރުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުން މުހިއްމު ކަމަށްވެސް މިނިސްޓްރީ އިނ ބުންޏެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ރާއްޖެ އައުމުގެ ކުރިން "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީ ވުމަށްވެސް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް