އުރީދޫ ސުޕަނެޓް ލ. މާމެންދޫއަށް

ޖެނުއަރީ 27، 2020: ހޮޓެލް ޖެންގައި ބޭއްވި އުރީދޫގެ 'މަރުހަބާ 2020' ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އުރީދޫގެ ސުޕަނެޓުގެ ހިދުމަތް ލ. މާމެންދޫއަށް ތައާރަފުކޮށްފިއެވެ. އުރީދޫއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާމެންދޫގައި 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު ސުޕަނެޓުގެ ހިދުމަތް ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އެ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް، އިތުރު ކުރިއެރުން ހޯދައިދިނުން ކަމަށެވެ.

"އުރީދޫ ސުޕަނެޓު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތާއެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާކަމކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖުތަކާ ބެހޭ އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް