"ގްލީ"ގެ ތަރި ނާޔާ ރިވެރާ ގެނބިގެން ހޯދަނީ

ނަޔާ ރައިވޭރާ ---

މަޝްހޫރު ޓީވީ ޝޯ "ގްލީ"ގެ އެކްޓަރު ނާޔާ ރިވޭރާ ކެލިފޯނިއާގެ ލޭކްއަކަށް ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިހާރު ބެލެވެނީ ނާޔާ ގެނބުނީ ކަމަށެވެ.

ކެލިފޯނިއާގެ ލޭކް ޕައިރޫ ނަމަކަށް ކިޔާ ރެޒެވޮޔާއައަށް ނަޔާ ގޮސްފައިވަނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާއެކުގައެވެ.

އެމެރިކާގެ "ކޭސީބީއެސް" ނޫހުން ބުނި ގޮތުގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ނާޔާ ކުޑަ ބޯޓެއް ކުއްޔަށް ހިފުމަށްފަހު އޭނާގެ ދަރިފުޅާއެކު ދިޔައީ ލޭކް ބަލައިލުމަށެވެ.

ނާޔާ ގެއްލުނުކަން ފުލުހުންނަށް އެނގުނީ ބޯޓުގެ ތެރޭގައި ކުޑަކުއްޖާ އެކަނި އޮއްވާ ފެނުމުންނެވެ. އެކުއްޖާ އޭރު ހުރީ ލައިފް ވެސްޓް އަޅާއިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި ނާޔާއާއި އޭނާގެ ދަރިފުޅު ފެތުމަށް ފެންގަނޑަށް ފޭބިއެވެ. ނަމަވެސް ނާޔާ އެނބުރި ނާންނަކަމަށް އޭނާގެ ދަރިފުޅު ބުނިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނާގޮތުގައި ނަޔާ ގެނބުނީ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިހާރުވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ނަޔާ ހޯދުމަށް ކޯރުގައި އަދި ވައިގެ މަގުންވެސް ކެލިފޯނިއާ ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

comment ކޮމެންޓް