ހަވާސް އިން މިފަހަރު ގެނެސްދެނީ ކުރު ފިލްމެއް

ސިހުރުގެ ޕޯސްޓަރެއް--

މޯލްޑިވިއަން އައިޑަލް ސީޒަން ދޭކުން ވިދާލި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ހަމްދާން އާއި އޭނާގެ ބޮޑުބެރު ގްރޫޕް "ހަވާސް ބޮޑުބެރު" ގްރޫޕުން ކުރު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ހިތްގައިމު ރީތި ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ އެ ބޮޑުބެރު ގްރޫޕުން މިފަހަރު ގެނެސްދޭނީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބިރުވެރި ކުރު ފިލްމެކެވެ. "ސިހުރު"ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ ރާއްޖޭގައި ބޮޑުވެފައިވާ ސިހުރުގެ މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. "ސިހުރު" އަކީ ހަވާސް ސްޓޫޑިއޯގެ އުފެއްދުމެކެވެ.

ކުރު ފިލްމުގެ ކެމެރާ އަދި އެޑިޓިންގެ މަސައްކަތްކޮށްފައިވަނީ ތަސްނީމް ހަސަން (ތައްތި) އެވެ. "ސިހުރު"ގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ސިހުރުގެ ކަންތައްތައް ޓްރެއިލާއިން ދައްކުވައިދިން އިރު ބިރުވެރި އެތައް ކަމެއްވެސް ޓްރެއިލާއިން ފެނިގެން ގޮސްފައިވެއެވެ.

އެއްގަޑިއިރުގެ މި ފިލްމު ދައްކާނީ ޔޫޓިއުބް މެދުވެރިކޮށެވެ. ފިލްމު ދައްކާ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.

comment ކޮމެންޓް