ޑިޒްނީގެ "މުލާން" އޮގަސްޓުގައި

މުލާން---

ޑިޒްނީގެ ކާޓޫން މުލާންގެ ލައިވް އެކްޝަން ފިލްމު އަންނަ އޮގަސްޓް މަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މާޗު މަހު އެވެ. ނަމަވެސް އެ ފިލްމު ފަހުން ވަނީ ޖުލައި އަށް ފަސްކޮށްފަ އެވެ. އަނެއްކާވެސް ފިލްމު ވަނީ ފަސްކޮށްފައެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މި ފިލްމު ރިލީޒްކުރާނީ އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ.

އެމެރިކާގެ ބަތަލާ ލިއު ޔިފީ މުލާންގެ ރޯލުން ފެންނައިރު އެ ފިލްމުގެ ޓީޒާއެއްވެސް ވަނީ މިހާރު އާންމުކޮށްފަ އެވެ. ޑޮނީ ޔެން، ޖޭޒަން ސްކޮޓް ލީ، ޖެޓް ލީ އަދި ގޮންގް ލީފަދަ ތަރިން ފިލްމުގައި ހިމެނެއެވެ. ޑިޒްނީގެ ކާމިޔާބު އެނިމޭޝަން މުލާންގެ ލައިވް އެކްޝަން ފިލްމު ޑައިރެކްޓްކުރަނީ ނިކީ ކާރޯ އެވެ.

"މުލާން" ގެ އެނިމޭޓެޑް ފިލްމު ބޮކްސް އޮފީހުގައި ވަނީ 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.

comment ކޮމެންޓް