ޖަރާސީމާއި ހިރަފުހުން ރައްކާތެރިވުމަށް އަތްތިލައާއި ގޭތެރެ ސާފުކުރުމުގެ މުހިއްމުކަން މިހާރު އެނގިއްޖެ އެވެ. ނަމަވެސް ނޭވާލާ ވައިގެ ސާފުކަމާ މެދު ވިސްނާލެވޭ މިންވަރު ކުޑައެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދިރިއުޅޭ މާހައުލު، ހާއްސަކޮށް ގޭތެރޭގެ ވައި ސާފުވުން މުހިންމެވެ. ހިރަފުހާއި ބެކްޓީރިއާ، ވައިރަސް، ޕޯލެން ފަދަ އެލާރޖީއަށް މަގުފަހިވާ މާއްދާތައް، އަދި ފެހި (މޯލްޑް) އަކީ ގޭތެރޭގައި ހުރެދާނެފަދަ މާއްދާތަކެކެވެ.
މި ތަކެއްޗާ ހަނގުރާމަކޮށް، މާހައުލުގެ އަދި ގޭތެރޭގެ ވައި ސާފުކޮށްދިނުމަށް ޝާޕް ކުންފުނިން ވަނީ "ޕްލާޒްމާ ކްލަސްޓާ" ޓެކްނޮލޮޖީ ތައާރަފު ކޮށްފައެވެ.
ޕްލާޒްމާކްލަސްޓަރ އުފައްދައިދޭ، އަދި އެޑްވާންސް ވައިދައުރު ކުރާ ނިޒާމް ހިމެނޭގޮތަށް އެއަރޯން އަދި އެއަ ޕިއުރިފަޔަ ޝާޕްއިންވަނީ އުފައްދާފައެވެ. މި ޓެކްނޮލޮޖީއިިން އިލެކްޓްރިކް ޑިސްޗާޖެއްގެ ޒަރިއްޔާއިން ޕޮޒިޓިވް އަދި ނެގެޓިވް "އަޔޯންސް"(ions) ވައިގެ ތެރެއަށް ފޮނުވާލަދެއެވެ. މި "އަޔޯންސް" ވައިގެ ތެރޭގައިވާ ފެނާއި އެއްވެ، ވައިރަސް އާއި ބެކްޓީރިއާ ފަދަ ތަކެތީގައި ހަރުލައެވެ. މީގެ ސަބަބުން ވައިގެތެރޭގައިވާ ޕްރޮޓީންގައިވާ ހައިޑްރޯޖަން ބޭރުކޮށްދީ ބެކްޓީރިއާ އާއި ވައިރަސް ވައިގެ ތެރޭން ނައްތާލަދެއެވެ. އަދި މާހައުލުގައިވާ ވަޔަށް އިތުރު ތާޒާކަމެއް ގެނުވައެވެ.
އަދި މީގެ އިތުރުން ޕްލާޒްމާ ކްލަސްޓާ އަޔޯންސް އިން "ސްޓެޓިކް އިލެކްޓްރިސިޓީ" މަދުކޮށްދެއެވެ. ނަތީޖާއަކީ، ޕޯލެން އަދި ޑަސްޓް އަދި މިފަދަ މާއްދާތައް އަންނައުނާއި ފަރުނީޗަރު ފަދަ ތަކެތީގައި ހަރުނުލާގޮތްވުމެވެ. އަދި ޝާޕްގެ އެއަ ޕިޔުރިފަޔަ އަދި އޭސީގައިވާ މިކަމަށް ހާއްސަ އެޑްވާންސް ފިލްޓާތަކުން އިން ޕޯލެންއާއި ހިރަފުސް ފަސޭހަކަމާއި އެކު ސާފުވެއެވެ.
މިއީ އެލާޖީ ހުންނަ މީހުންނަށްވެސް އެންމެ އެކަށޭނަ ހައްލެވެ.
މިހައްލު އިތުރަށް ފުރިހަމަ ވަނީ ޝާޕްގެ މިޕްރޮޑަކްޓް ތަކުގައި ހިމެނޭ ހަތަރު ފިލްޓާ އިންނެވެ.
"މައިކްރޯމެޝް ޕްރިފިލްޓަ" އިން ކުނޑި ފިލްޓާ ކޮށްދެއެވެ. "އެކްޓިވް ކާބަން ފިލްޓާ" އިން ސިނގިރޭޓުން، ޖަނަވާރުން ނުވަތަ ކެއްކުމުން އުފެދޭވަސް ކަނޑުވާލަ އެވެ. އަދި "އެންޓި މައިކްރޯބިއަލް ހެޕަރ ފިލްޓަރ" އިން ލޮލަށް ނުފަންނަހާ ކުދި (0.3 މައިކްރޯބްސް)ގެ ހިރަފުސް ނައްތާލަދީ ފުރިހަމަ ސާފުކަމެއް ގޭތެރޭގެ ވަޔަށް ގެނުވަ އެވެ. މީގެ އިތުރުން "އެންޓި ބެކްޓީރިއަލް ފިލްޓާ" އެއް ޝާޕްގެ މިޓެކްނޮލޮޖީ ހިމެނޭ އެއާ ޕިޔުރިފަޔާ ގައިވެއެވެ.
ޕްލާޒްމާ ކްލަސްޓަރ ޓެކްނޮލޮޖީ ހިމެނޭ ޕްރޮޑަކްޓްތައް އެންމެ ހެޔޮއަގުގައި ރާއްޖެއިން ގަންނަން ލިބެންހުރީ ރެޑްވޭވުންނެވެ. މި ޕްރޮޑަކްޓުތަކާއެކު ގޭތެރޭގެ ވައި ސާފުކޮށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރަށް ޔަގީންކުރުމުގެ ފުރުސަތު ފަހިވާކަމުގެ ޔަގީންކަން ރެޑްވޭވުން ދެއެވެ.