އަންހެނަކާ މާރާމާރި ހިންގި މިހަކު މާޅެންދޫ އިން ހައްޔަރު ކޮށްފި

މާޅެންދޫ

އަންހެނަކާ މާރާމާރި ހިންގި ފިރިހެނަކު ނ. މާޅެންދޫ އިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:45 ހާއިރު މާޅެންދޫގެ ގެއެއްގެ ވަލު ފަރާތު ގަސްތަކުގެ ތެރޭ އުމުރުން 39 އަހަރުގެ އަންހެނަކު ހުއްޓާ، 50 އަހަރުގެ ފިރިހެނަކު އައިސް އޭނާ އަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 18:05 ހާއިރު މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް