ގައިދުރުވެ ތިބެ، ގްރީސްގެ މީހުން އަތިރިމަތީގައި

ގްރީސްގެ ބީޗެއް---

ފުރަބަންދަށް މަޑުމަޑުން ލުއިދޭން ފެށުމާއެކު ގްރީސްގެ މީހުން އަތިރި މައްޗަށް ނިކުމެއްޖެ އެެވެ.

ގްރީސްއިން މިހާރު ވަނީ އަތިރިމަތީގެ 500 ސަރަހައްދު މިހާރު ހުޅުވާލައިފަ އެެވެ.

އަތިރިމަތިތައް ހުޅުވާލިއިރު މި ދުވަސްވަރަކަކީ ވަރަށް ހޫނު ގަދަ ދުވަސްވަރެއްވެސް މެއެވެ.

ގައިދުރުކުރުމުގެ ގޮތުން އަތިރި މަތީގައި ހުންނަ ކުޑަތައް ވެސް މިހާރު ހުރީ ދުުރުދުރުގައި ޖަހައިފަ އެެވެ. އަދި 1000 އަކަ މީޓަރުގެ ސަރަހައްދުގައި އެންމެ ގިނައިން 40 މީހުންނަށް ނޫނީ ނޫޅެވޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެެވެ. އަދި ކުޑަތަކުގެ ދުރުމިނުގައި 13 ފޫޓް ހުންނަަން ޖެހެއެެވެ.

ގްރީސްގެ ވެރިރަށް އެތަންސްގެ އަތިރިމަތީގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ އަލިމޮސްގައި ތިބެލަން މިއަދު ހެނދުނުން ފެށިގެން މީހުން އޮތީ ކިއުވެސް ހަދައިފައެވެެ.

" ފުރަބަންދަށް ފަހު މިތަަނަނަށް އައިސް ހިތްހަމަ ޖައްސާލުމަކީ ހަމަ އެންމެ ކުރާހިތްވި ކަން. " އުމުރުން 70 އަހަރުގެ މީހަކު ކުޑައެއްގެ ދަށުގައި ހުރެ ބުންޏެވެ. އޭނާ އިތުރަށް ބުނީ ގައިދުުރުވުމުގެ އުސޫލުތަކަށް ތަބާވާ ކަމަށާއި އެހެން ނަމަވެސް މިހާރު ހީވަނީ މީހަކު ބޮލަށް ބަޑިއެއް ދިއްކޮށްގެން ހުންނައިރު ކުރެވޭ ކަހަކަ އިހުސާސްތަކެއް ކަމަށެވެ.

މިދިޔަ މާޗް މެދުތެރެއިން ފެށިގެން ފުރަބަންދުކޮށްފައި އޮތް ގްރީސްއިން މަޑުމަޑުން ގައުމު ހުޅުވާލަން ފެށީ މިމަހުގެ ހަތަރަކުން ފެށިގެންނެވެ. އަދި މަޑުމަޑުން ދީނީ އަޅުކަންތަކަށާއި އާކިއޮލޮޖިކަލް ސަރަހައްދުތަކަށާއި އަދި އެތެރޭގެ ދަތުރުތައްވެސް މަޑުމަޑުން ހުޅުވާލަނެއެެވެ.

ގްރީސްގެ އަވަށްޓެރި ގައުމުތަކުން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުނަސް އެގައުމުން ފެނިފައިވަނީ އެންމެ 2800 ކޭސްއެެވެ. އަދި ބަލީގައި މަރުވެފައިވަނީ 160 މީހުންނެވެ.

ގްރީސްގެ އާާބާދީގައި 11 މިލިއަން މީހުން ހިމެނޭއިރު އެގައުމުގެ އުފެއްދުންތެރިކަމުގެ 20 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. -- ރޮއިޓާސް

comment ކޮމެންޓް