ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދުގެ މައްސަލައެއް ބަލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، އަމްޖަދު އަބްދުލްޣަނީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.

މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވީނަމަވެސް، އެ މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެ.

ޖޭއެސްސީން ވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ދާދިފަހުން ނިންމައިފައެވެ.

comment ކޮމެންޓް