ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް އެމް7

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯ 2020ގެ ގޯލްޑް ޕާޓްނަރަކަށް އެމް ސެވަން ހަމަޖެއްސުން-- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ގޯލްޑް 100 ގާލާ އާއި ބިޒްނަސް އެކްސްޕޯ 2020ގެ ގޯލްޑް ޕާޓްނަރަކަށް އެމް7 ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް7ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ސައްތާރު އަދި އޯކާ މީޑިއާ ގުރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯއަކީ އޯކާ މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ވިޔަފާރި ހަބަރު ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާއިން އިންތިޒާމުކުރާ ދެ ހަރަކާތެވެ.

ގޯލްޑް 100 އަކީ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެކުލަވާލާ ލިސްޓެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނީގެ ލިސްޓެއް ކޮންމެ އަހަރަކު ވެސް އާންމުކުރާއިރު، މިއީ ވަނަ ހޮވައިގެން އެކުލަވާލާ ލިސްޓެއް ނޫނެވެ.

ބިޒްނަސް އެކްސްޕޯއަކީ ބިޒްނަސް ނެޓްވޯކިންގް ސެޝަނަކާއި ޓްރޭޑް ޝޯއެއް ހިމެނޭ ގޮތަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި 150 އަށް ވުރެ ގިނަ ކުންފުންޏާއި ވިޔަފާރީގެ ދާއިރާގެ 3000 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެ އެވެ.

މިއަހަރުގެ ބިޒްނަސް އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 23 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. އަދި ގޯލްޑް 100ގެ ގާލާ އޮންނާނީ ފެބްރުއަރީ 25 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

comment ކޮމެންޓް