އެމްޑީޕީ ޕްރައިމަރީ: ޝިފާ ބަލިކޮށް މާލޭގެ މޭޔަރު ކަމުގެ ޓިކެޓް އަނަސްއަށް

އަނަސް އަބްދުއްސައްތާރު: އޭނާ ވަނީ ޝިފާ ބަލި ކުރައްވާ

އެމްޑީޕީއިން މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ބަލި ކުރައްވައި މޭޔަރު ކަމުގެ ޓިކެޓް އެމްޑީޕީގެ އެސްޖީ، އަނަސް އަބްދުއް ސައްތާރު ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މިދިޔަ ދެ ދައުރުވެސް މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި ޝިފާގެ މައްޗަށް އަނަސް ކާމިޔާބު ހޯއްދެވީ، 200 ވޯޓު ގިނައިން ހޯއްދަވައިގެންނެވެ.

އަނަސްއަށް 1،025 ވޯޓު ލިބުނު އިރު، ޝިފާއަށް ލިބިވަޑައިގެންނެވީ 835 ވޯޓް ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. ދެން އެންމެ ކައިރިން ވާދަކުރެއްވީ މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި، ސަރަނގު އާދަމް މަނިކެވެ. ވަގުތީ ނަތީޖާއިން ދައްކަނީ އާދަމް މަނިކަށް ލިބުނީ 780 ވޯޓު ކަމަށެވެ.

comment ކޮމެންޓް