ދިވެހި ޕްލާސްޓިކް ސާޖަންއެއް އައިޖީއެމްއެޗްގައި ފަރުވާ ފައްޓަވައިފި

ޑރ. ފަތުހުﷲ -- ފޮޓޯ: އައިޖީއެމްއެޗް

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެއްވަން ފަށައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ޑރ. ފަތުހުﷲ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވާނެ ކަމަށެވެ.

އަދި އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ހާއްސަ ސާޖަރީ އެކެވެ.

އުފެދުމުގައި އަދި ލިބޭ އަނިޔާއެއްގެ ސަބަބުން މޫނުމަތީގައިވާ އައިބުތައް، ޓްރޯމާ ފަރުވާ އަދި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ހެދުން، ފޭޝަލް ކޮސްމެޓިކް ސާޖަރީ، ކޯކަށިގަނޑުގެ ބަލިތަކާއި މޫނުގެ އެކި ތަދުތަކަށް ފަރުވާ ދިނުން އަދި އިމްޕްލާންޓް ސާޖަރީ ފަދަ ހިދުމަތްތައް އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަންސް ދެއްވާނެ އެވެ.

comment ކޮމެންޓް