ލިކަމެކް ނައިޓްމާކެޓުގެ އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި

ލިކަމެކްއިން މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ނައިޓްމާކެޓުގެ ތެރެއިން-- ސަންފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ބޭއްވި ނައިޓް މާކެޓުގެ އުމްރާ ދަތުރު ލިބޭ ނަސީބުވެރި ފަރާތްތައް ހޮވައިފި އެވެ.

މި މަހު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ދޭއްގައި ބޭއްވި އެ ނައިޓް މާކެޓްގައި ނަސީބުވެރި ދެ ފަރާތެއް ގުރުއަތުން ވަނީ ހޮވައިފަ އެވެ.

އެއީ މާކެޓުގައި ބައިވެރިވި އެކްޒިބިޓަރުންގެ މެދުގައި ނެގި ގުރުއަތަކާއި މާކެޓަށް ޒިޔާރަތް ކުރި އާންމުންގެ މެދުގައި ނެގި ގުރުއަތެކެވެ.

އެގްޒިބިޓަރުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނީ ސްޓޯލް ނަންބަރު 62، އޮލިވް ޓްރީ ޕްރައިވެޓް ލިމިޓެޑެވެ. އަދި އާންމުންގެ ތެރެއިން ގުރުއަތުން ހޮވުނީ މުހައްމަދު ވާސިއު ނަސީމް (އައިޑީ ނަންބަރު A388962) އެވެ.

ގުރުއަތުން ހޮވުނު ދެ ފަރާތަށް ވެސް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ އިރު، ނަސީބުވެރި ފަރާތްތައް ދަތުރަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސްގެ ފަރާތުންނެވެ.

ލިކަމެކްއަކީ ހޮސްޕިޓަލިޓީ، މާކެޓިންގް އަދި އައިޓީ ފަދަ އެކި އިންޑަސްޓްރީތަކަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދޭ އަދި އިވެންޓު އޯގަނައިޒް ކުރާ ކުންފުންޏެކެވެ.

އެކުންފުނިން މީގެ ކުރިން ވެސް އެކިފަހަރު މަތިން މާލެއާއި ހުޅުމާލޭގައި ނައިޓް މާކެޓްތައް ވަނީ ބާއްވާފަ އެވެ.

comment ކޮމެންޓް