މާސްޓާ ޑެންޓަލްކެއާ އިން ކޯންބީމް ސީޓީ ސްކޭން ތައާރަފުކޮށްފި

މާސްޓާ ޑެންޓަލް ކެއާ އިން ކޯންބީމް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފު ކުރުން --- ފޮ'ޓޯ: މާސްޓާ ޑެންޓަލް ކެއާ

މާސްޓާ ޑެންޓަލް ކެއާ އިން ކޯންބީމް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ކޯންބީމް ސީޓީ ސްކޭން އަކީ އަނގަޔާއި ކަށިގަނޑު ނުވަތަ މެކްސިލޯ ފޭޝަލްރީޖަން ތްރީޑީ ކޮށް ބަލާ ކޮންވެންޝަނަލް އެކްސްރޭއިން ނުފެންނަ އެތައް ތަފްސީލެއް ބެލޭނެ ހިދުމަތެކެވެ.

މި ސްކޭން މެދުވެރިކޮށް، ކަށިގަނޑުގައި އުފެދިފައި ހުންނަ ސިސްޓު ނުވަތަ ޓިއުމަރު ފަދަ ލީޝަން ދެނެގަނެވޭނެ އެވެ. މިކަމުގެ ސަބަބުން، ބަލީގެ އަސްލު ސަބަބު ހޯދާ، ބަލި ޑައިގްނޯސްކޮށް ބައްޔަށް ފަރުވާ ދިނުނުމަށް ފަސޭހަވެގެންދާނެ ކަމަށް މާސްޓާ ޑެންޓަލް އިން ބުނެއެވެ.

އެ ކްލިނިކުން ބުނީ މި ހިދުމަތާއެކު އޮޕަރޭޝަންތައް ކުރުމުގައި ނާރުތަކައި އެހެނިހެން މުހިންމު ގުނަވަންތަކަށް
ގެއްލުން ނުލިބޭނެ ފަދައިން އޮޕަރޭޝަން ކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ކޯންބީމް ސީޓީ ސްކޭންގެ ޚިދުމަތާ އެކު މާސްޓާ ޑެންޓަލް ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި ކޮންވެންޝަނަލް ސީޓީ އާއި ޚިލާފަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހެއްދޭ މި ސްކޭންގެ ސަބަބުން ޔަގީން ކަމާއި އެކު ބަލި ޑައިގްނޯސްކުރެވޭނެ ކަމަށެވެ. އަދި ދުރާލާފަރުވާ ރާވަންވީ ގޮތް ތާވަލު ކުރަން ވެސް މިއާ އެކު ފަސޭހަވާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

މާސްޓާ ޑެންޓަލް ކެއާ އިން ކޯންބީމް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފު ކުރުން --- ފޮ'ޓޯ: މާސްޓާ ޑެންޓަލް ކެއާ

ދުނިޔޭގެ އެންމެ ފަހުގެ ޓެކުނޮލަޖީގެ ތެރޭގައި ހިމެނޭ މި
ސްކޭނުގެ ހިދުމަތް ހޯދުމަށް ގިނަ ވަގުތު މެޝިނުގެ ތެރޭގައި ހޭދަ ކުރާކަށް ނުޖެހޭނެއެވެ. އަދި މިއީ ކޮންވެންޝަނަލް ސްކޭނަކުން އުފައްދާ އެކްސްރޭ ރޭޑިއަޝަނަށް ވުރެ، އެތައް ސަތޭކަ ގުނައަކަށް ރޭޑިއޭޝަން ކުޑަ ސްކޭނެއް ކަމަށާއި އަލްޓްރާ ލޯޑޯޒް އެކްސްރާގެ ވަރަށް ކުޑަ މިންވަރަކާ އެކު މި ސްކޭން ހެއްދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

މި ޚިދުމަތުގެ ސަބަބުން ސްމައިލް ޑިޒައިނިން އާއި ނަރުގަނޑު އެޅުވުމާއި ކަށީގެ ސާޖަރީ ހެދުމަށް ފަސޭހަވެ، މި ކަންކަންކުރުމަށް ބަދަލުތަކެއް ގެނެވޭނެ ކަމަށާއި އެގޮތުން، ނަރުގަނޑު އެޅުވުމު ގެކުރިން ޓްރީޓުމެންޓު ޕްލޭން ހެދުމާއި، ކޮލުދަތް ނުވަތަ ވިޒްޑަމް ޓޫތު ނެގުމުގެ ކުރިން، ދަތުގެ މޫތައް
ފެތުރިފައިވާ ގޮތް ބަލާއި، ނާރުތަކާއި ހުރި ގުޅުން 3ޑީ ކޮށް ހޯދުން ފަދަ ކަންތައްތައް ކުރެވޭނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

ކޯންބީމް ސްކޭންގެ ސަބަބުން ރޫޓްކެނަލް ސިސްޓަމް ވެސް އިތުރަށް ފުރިހަމަވާނެ ކަމަށާއި އެގޮތުން އިމްޕްލާންޓު ކުރުމުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނު ރާވާ، ސާޖިކަލް ސްޓެންޓު ތައްޔާރު ކުރެވޭނެކަމަށް އެ ކްލިނިކުން ބުންޏެވެ.

މި ކަމުގެ ސަބަބުން ކޮމްޕްލިކޭޓެޑު ޕްރޮސީޖާތައް ހެދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން، މާސްޓާ ޑެންޓަލް ކެއަގެ ސެންޓަރުތަކުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެ، ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

މާސްޓާ ޑެންޓަލް ކެއާ އިން ބުނީ އެ ސެންޓަރުގެ އަމާޒަކީ، މި ފަދަ ފަހުގެ ޓެކުނޮލަޖީގެ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކޮށް، ކޮލިޓީ ރަނގަޅު ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

މާސްޓާ ޑެންޓަލް ކެއާ ސެންޓަރަކީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިދުމަތްތައް ދޭން ފެށި ކްލިނިކެކެވެ. އެ ކްލިނިކުގައި ފަންނުވެރި 11 ޑަކްޓަރުންނާއި އެކު ޖުމްލަ 40 ސްޓާފުން މިހާރު މަސައްކަތް ކުރެއެވެ.

comment ކޮމެންޓް