ބީއެމްއެލް ކާޑުން އަވަސް އެޕަށް ފައިސާ ދައްކައިގެން ފުރަތަމަ ދަތުރުން 15 ޕަސެންޓް ޑިސްކައުންޓް

އަވަސް އެޕް ޕޯސްޓަރެއް---ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އަވަސްއެޕް ގުޅިގެން "ޕޭ. ރައިޑް. ވިން ޕްރޮމޯޝަން" ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އަވަސް އެޕަށް ބީއެމްއެމް ޑެބިޓް ކާޑު، ކްރެޑިޓް ކާޑު ނުވަތަ ޕްރިޕެއިޑް ކާޑު އެޑްކުރުމަށް ފަހު، ކުރާ ފުރަތަމަ ދަތުރަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، ބީއެމްއެލް ކާޑު އަވަސް އެޕަށް އެޑްކޮށް، ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކަސްޓަމަރުންނާއި، އަވަސް ރައިޑްގެ ދެ ޑްރައިވަރުންނަށް 250 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކޮންމެ ހަފުތާއަކު އެއް ފަހަރު ގިިފްޓް ކާޑަށް ގުރުއަތުލުން އޮންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެހެންނަމަވެސް، ވިޔަފާރިތަކަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިނުވެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ހޯމަ ދުވަހު ފެށި މި ޕްރޮމޯޝަން 11 ޖެނުއަރީގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް:

  1. އަވަސް އެޕް ޑައުންލޯޑް/ އަޕްޑޭޓް ކުރުން
  2. އަވަސް އެޕަށް ބީއެމްއެލް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު އެޑްކުރުން
  3. ރައިޑެއް ބުކް ކުރުން

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

comment ކޮމެންޓް