ޖަޕާނުން ރާއްޖެއަށް ފަޔާ އިންޖީނެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ފަޔާ އިންޖީނު ވަނީ ކަސްޓަމްސް އިން ކްލިއާކޮށްފައި --- ފޮޓޯ : އެންޑީއެމްއޭ

ޖަޕާން އެއިޑުގެ ފަރާތުން ދިވެހި ސަރުކާރަށް ފަޔާ އިންޖީނެއް ހަދިޔާކޮށްފި އެވެ.

އިއްޔެ އެ ފަޔާ އިންޖީނު މާލެ ގެނެސްފައިވާ އިރު އެ އުޅަނދަކީ ޖަޕާނުގެ ދަ ގްރާންޓް އެސިސްޓެންސް ފޮ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)ގެ ފަރާތުން ހަދިޔާކޮށްފައިވާ އުޅަނދެކެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަސްޓަމްސް އިން އިއްޔެ އެ އުޅަނދު ނެރެފައި ކަމަށެވެ.

ޖީޕީޕީ ސްކީމްގެ ދަށުން ޖަޕާނުން މީގެ ކުރީން ވެސް ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އާއި އެންޑީއެމްއޭގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަންއާ ދެމެދު ފެބުރުއަރީ މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން 88،449 އެމެރިކާ ޑޮލަރުގެ ފަޔާ އިންޖީނެއް ވަނީ ހަދީޔާކޮށްފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޖަޕާނުން ވަނީ އެންޑީއެމްއޭ އަށް ތަފާތު އެހީތައް ފޯރުކޮށްފީފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 5.5 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު 2017 ވަނަ އަހަރު ވަނީ 4.6 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް