ރައީސް ނަޝީދުގެ ހަށިވާރަވެރިން ފިސްތޯލް ބޭނުންކުރަން ފަށައިފި!

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފެބުރުއަރީ،7، 2012 ވަނަ ދުވަހު އެމަނިކުފާނު ޖުމްހޫރީ މައިދާނުގައި: ތްރެޓް ލެވަލް ހައިވުމާއި އެކު ރައީސް ނަޝީދުގެ ބޮޑީގާޑުން ވަނީ ފިސްޕޯތަ ބޭނުން ކުރަން ފަށާފައި --- ސަންފައިލް ފޮޓޯ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަށިފާރަވެރިން ލައިވް ވަޒަނާއި އެކު ފިސްތޯލް ބޭނުން ކުރަން ފަށާފައިވާ އެނގިއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހަށިފާރަވެރިން ލައިވް ވަޒަނާއި އެކު އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަން ފެއްޓި ފަހުން ހަފްތާއެއްހާ ދުވަސް ވެދާނެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ އެމަނިކުފާނު 'މަރާލާނެ' ކަމަށް ބުނެ ދެމުންދާ އިންޒާރުތަކެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ، ވީއައިޕީ ސެކިއުރިޓީއާ ގުޅޭ މައުލޫމަތަކީ ކްލެސިފައިޑް މައުލޫމާތެއް ކަމަށާއި އެހެން ކަމުން ވީއައިޕީންގެ ސަލާމަތާ ގުޅޭ މައުލޫމާތެއް ހިއްސާ އެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ލިބިވަޑައިގެންނެވި ކަމަށް އޭރުގެ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔާ އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވާ އޯޑިއޯ އެއް 2013 ވަނަ އަހަރު ވަނީ ލީކް ވެފަ އެވެ.

އެ ގޮތުން، ހަތިޔާރުގެ ހެވި ކަމުގެ ހަރަކާތެއްގެ ތެރޭގަޔާއި ވިހަ ކެމިކަލެއް ބޭނުންކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ކަމަށް މައުލޫމާތު ލިބުނު ކަމަށް ހަމީދު ވަނީ އެ އޯޑިއޯގައި ވިދާޅުވެފަ އެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަވާ ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ އެ މައްސަލައިގެ ތެރެއިން ރައީސް ނަޝީދަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި އެކި ފަރާތްތަކުން އެމަނިކުފާނަށް ސޯޝަލް މީޑިއާގައި އިންޒާރުތައް ވެސް ދީފައިވެ އެވެ.

comment ކޮމެންޓް