ބޮޑު އަލިފާން: ގޭގޭގެ ތަކެއްޗަށް ލިބުނު ގެއްލުން އެއް މިލިއަންގައި

ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދާދި ފަހުން ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން އެއް މިލިއިން ރުފިޔާއަށްއަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގައި ގެއްލުން ލިބުނު ގެތަކުގެ އެސެސްމަންޓްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

އެ އެސެސްމަންޓް ހެދިއިރު ގޭގޭގައި ގެންގުޅުނު ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކާއި އިމާރާތަށް ލިބުނު ގެއްލުން ބަލައިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ ހިފާގެންގުޅޭތަކެއްޗަށް ލިބުނު ގެއްލުން ބަލަން 18 ގެއެއްގެ 92 ގޭބިސީއެއްގެ އެސެސްމަންޓް އެ އޮތޯރިޓީން ހެދި ކަމަަށެވެ.

އެގޮތުން އަލިފާނުގައި، ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 1.03 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި 41 ގޭބިސީތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް އޮތޯރިޓީން ބުންޏެވެ.

އިމާރާތަށް ލިބުނު ގެއްލުންތައް ބަލަން 31 ގެއެއްގެ އެސެސްމަންޓް ހެދި ކަމަށާއި އޭގެ ތެރެއިން ތިން ގެއަކަށް ލިބުނު ގެއްލުން ބަލަން އިތުރަށް އެސެސްމަންޓް ހަދަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް