ބޮޑު އަލިފާނުގައި ގެއްލުން ލިބުނު ފަރާތްތަކަށް 8.2 މިލިއަން ރުފިޔާގެ އެހީ

ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނައިބްރައީސް އެ އަލިފާނު ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ލެއްވުން: -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ ސެޕްޓެމްބަރުމަހު ހެންވޭރުގެ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެގެން ހިނގި ހާދިސާއާ ގުޅިގެން މިހާތަނަށް އެހީގެ ގޮތުގައި 8.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިނ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ޑިޒާސްޓާ އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރުވެސް ހަތްް ގޭބިސީއެއްގެ 29 މީހުން މިހާރުވެސް ގާކޮށީގެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ކަމަށެވެ.އެ ފަރާތްތައް ކެއުންބުއިމުގެ އިންތިޒާމްތައް ހަމަޖައްސަން މިމަހުގެ ޑިސެމްބަރާ ހަމައަށް 506،800 ރުފިޔާ ހަމަޖައްސައިދީފަިއވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބަދަލުދިނުމަށް އެންޑީއެމްއޭއިން ގެންގުޅޭ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށް އެހީދޭނެ މިންވަރު ކަނޑައަޅައި ދޭން ޖެގޭ ފަރާތްތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ގެންގުޅޭ އުސޫލްތަކުގެ ދަށުން ހިފާ ގެންގުޅޭ ތަކެއްޗަސް ސަރުކާރުން ބަދަލުގެ ގޮތުގައި ދެނީ ލިބުނު ގެއްލުމުގެ 20 ޕަސެންޓްއެވެ. އެހެން ނމަވެސް ފަޔާ ރިލީފް އެކައުންޓަށް ލިބުނު ފައިސާއާއެކު ބަދަލުގެ ގޮތުގައި 88 ޕަސެންޓް ދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ސަރުކާރާއި ރިލީފް ފަންޑުގެ އެހީތެރިކަމާއެކު ގޭގެ ސްޓްރަކްޗާތަކަށް ލިބުނު ގެއްލުންތަކަށް 40 އާއި 100 ޕަސެންޓްއެއް ގެއްލުމުގެ ބަދަލުގައި ދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ. އެގޮތުން 20 ގެއެއްގެ 115 ފަރާތްތަކަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ޖަމާކުރަން މިހާރު ފޮނުވާފަިއވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނާ ގުޅިގެން 786 ފަރާތަކަށް އަސަރުކުރިކަމަށެވެ. އެ ހާދިސާގައި އެކަކު ވަނީ ނިޔާޥެސްވެފައެވެ.

comment ކޮމެންޓް