ބަމްޕަރުތައް ނެގުމުން އެކްސިޑެންޓު ހިނގުމަށް އިތުރަށް މަގުފަހިވާނެ: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސިނަމާލެ ބްރިޖުގައި ހުރި ބަމްޕަރުތައް ނެގުމަކީ އިތުރަށް އެކްސިޑެންޓުތައް ހިނގަން މަގުފަހިވެގެންދާނެ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނީ ވަގުތީ ގޮތުން ބްރިޖުގެ ބަމްޕަރުތައް ނަގާފައި ވަނީ ބަމްޕަރުތައް ބަހައްޓާފައި ހުރި ގޮތުން، ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ އެކަން މަދުކުރުމަށް ކަމަށެވެ.

ބަމްޕަރުތައް ނަގާފައި ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހު އެވެ.

އެކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރިޖުގެ ސްޕީޑް ބްރޭކަރުތައް ނެގުމުން ބާރު ސްޕީޑުގައި ދުއްވާ މީހުން، ހާއްސަކޮށް ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާ މީހުން އިތުރުވާނެ ކަމަށެވެ.

އަދި އެކްސިޑެންޓުތައް ހިނގުމަށް އިތުރަށް މަގުފަހިވެ، ބުރިޖު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ގެއްލިގެން ދިއުމުގެ އިތުރުން ބްރިޖަށް ގެއްލުން ލިބުން ވެސް ގިނަވާނެ ކަމަށެވެ.

ބުރިޖް ހުޅުވުމަށް ފަހު މިހާތަނަށް ބްރިޖްމަތީ 100 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފަހަކަށް އައިސް ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް ވަނީ މަދުވެފަ އެވެ.

comment ކޮމެންޓް