ސިނަމާލޭ ބުރިޖު މަރާމާތުކުރުން އިތުރު ތިން އަހަރަށް ޗައިނާއާ ހަވާލުކޮށްފި

ޑރ.އަބްދު الله މުއްޠަލިބް އަދި ޗައިނާ ސަފީރު ސަފީރު ހަރ އެކްސެލެންސީ މެޑަމް ވޮންގް ލިޒިން-- ސަން ފޮޓޯ

ސިނަމާލެ ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތް އިތުރު ތިން އަހަރަށް، މިއަދު އެގައުމާ ހަވާލުކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި މިއަދު ޗައިނާ ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ވޮންގް ލިޒިންއެވެ.

އެ ކޮންޓްރެކްޓް ހަވާލުކުރީ "ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް" އާއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 3.6 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޑރ.އަބްދު الله މުއްޠަލިބް އަދި ޗައިނާ ސަފީރު ސަފީރު ހަރ އެކްސެލެންސީ މެޑަމް ވޮންގް ލިޒިން-- ސަން ފޮޓޯ

އެ މަޝްރޫއުގެ ދަށުން، ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް ހަދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރޫޓިން މެއިންޓެނަންސް މަސައްކަތްތައް ކުރުމާއި މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނިޝަނުންގެ ގާބިލްކަން އުފެއްދުމަށް މަސައްކަތްކުރާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން މި އެއްބަސްވުމުގެ މުއްދަތު ނިމުމުން، ބްރިޖް މެއިންޓެނަންސް މަސައްކަތްތަކާ ހަވާލުވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް އެ ޓީމުގެ ބެލުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ހިންގޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް