"ބަވަތި"ގެ ވަދާއީ ޝޯތަކަށް ތައްޔާރުވެއްޖެ

ބަވަތި ފިލްމުގެ މަންޒަރެއް ---

ހީ ނުކުރާ ވަރަށް ވުރެ ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ސައިކޮލޯޖިކަލް ތްރިލާ "ބަވަތި"ގެ ވަދާއީ ޝޯތައް އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ފިލްމުގެ ބާކީ ތިން ޝޯ އެޅުވުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހު ޝޯ އެޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ.

އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު ބަވަތި ވަނީ ދިވެހީންނަށް ވަރަށް ކަމުގޮސްފަ އެވެ.

ފިލްމުގެ ވަދާއީ ޝޯތަކަށް ތައްޔާރުވެފައިވާއިރު އެ ފިލްމުގެ އާ ޓްރެއިލާއެއް އަނެއްކާ ވެސް ވަނީ އައިފިލްމްސް އިން އާންމުކޮށްފަ އެވެ. އެ ޓްރެއިލާއިން ފެނިގެންދަނީ ފިލްމުގެ ލީޑު ދެ ތަރީންގެ މަންޒަރެކެވެ.

ފިލްމުގެ ލީޑު ދެ ތަރިންނަކީ މަޝްހޫރު ފިލްމީތަރި ނުޒުހަތު ޝުއައިބު އާއި އަހްމަދު އިފްނާޒް ފިރާގެވެ.

ބަވަތިގެ މާނަ އަކީ ދެރަ ކަމެއް ދިމާވުމަށް ފަހު ދެންވާ ކަންތައްތަކެވެ. ފިލްމު ޕްރިމިއާކޮށްފައި ވަނީ މި މަހުގެ ތިނެއްގަ އެވެ.

ފިލްމު ބެލި ފަރާތްތަކުން ބުނާގޮތުގައި ބަވަތި އަކީ ވަރަށް ތަފާތު ފިލްމެއް ކަމަށް އިއްތިފާގުވެ އެވެ. މިއީ އިޖުތިމާއީ މެސެޖެއް ހިމެނޭ ފިލްމެއް ކަމަށާއި އެފަދަ ފިލްމުތައް ގިނައިން ދިވެހި ސިނަމާތަކަށް ނެރުމަކީ ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް