މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވައިިފި

މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީހެއް އިއްޔެ ޓްރިވެންޑްރަމްގައި ހުޅުވައިފިއެވެ.

އެ އޮފީސް ހުޅުވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އަދި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ.

މޯލްޑިވިއަންގެ ޕީއާރް އަދި ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ސަން" އަށް މިރޭ ވިދާޅުވީ އާ އޮފީހާއެކު ޓްރިވެންޑްރަމްގައި ސީދާ މޯލްޑިވިއަންއިން ޓިކެޓް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން މޯލްޑިވިއަންގެ ޓިކެޓު ވިއްކަމުން ދިޔައީ އެޖެންޓުން މެދުވެރިކޮށެވެ.

އާ އޮފީހާއެކު މޯލްޑިވިއަންގެ އޮފީސްތަކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ދަނީ 2008 އިން ފެށިގެން ދަނީ ކޮންމެ ދުވަހަކުވެސް ޓްރިވެންޑްރަމްއަށް ދަތުރުކުރަމުންނެވެ. އޭގެ އިތުރުން އިންޑިއާގެ ޗެންނާއީއަށްވެސް މޯލްޑިވިއަންއިން އުދުހެއެވެ.

މޯލްޑިވިއަންއިން މިހާރު އަންނަނީ އޮކްޓޫބަރު މަހުގެ ތެރޭގައި މާލެއާއި ކޮޗިން، އަދި ހަނިމާދޫއާ ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް