ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލިފުށީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ދަތުފުޅު ނިންމަވާލައްވައިފިއެވެ.

ރ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ އެ އަތޮޅު މީދޫއަށާއި އަލިފުއްޓަށެވެ. ފުރަތަމަ ވަޑައިގެންނެވީ ރ. މީދޫއަށެވެ.

މީދޫއަށް ވަޑައިގެން ރައީސް ވަނީ މީދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީދޫއަށް ފަހު އަލިފުށްޓަށް ވަޑައިގެން އެމަނިކުފާނު އަލިފުށީ ކައުންސިލާއި މުއައްސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. އޭގެ އިތުރުން އެ ރަށުގައި އެމަނިކުފާނު ރ. އަތޮޅު ކައުންސިލާވެސް ބައްދަލުކުރެއްވި އެވެ.

https://sun.mv/124266

އެމަނިކުފާނު ވަނީ އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުވެސް ދައްކަވައިފައެވެ.

ރައީސް އެ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

comment ކޮމެންޓް