ޗައިނާގެ ހިލޭ އެހީގައި 5 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓު ގާއިމްކޮށްފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓު މަޝްރޫއު ނިންމާލުމަށް ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ އިންފްރާންސްޓަކްޗާ މިނިސްޓްރީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓުތަކެއް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނެފިއެވެ.

ހިލޭ އެހީގެ ދަށުން މި ޕްލާންޓުތައް ގާއިމްކުރީ، ރ. އަލިފުށ،ި ޅ. އޮޅުވެލިފުށ،ި ހއ. ކެލ،ާ ގއ. ދާންދޫ އަދި ކ. ކާށިދޫގައެވެ. މި ޑީސަލިނޭޝަން ޕްލާންޓުތައް ގާއިމުކޮށް ޖެނުއަރީ 30ގައި ސަރުކާރާ ހާވަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫގެ ނިމުން ފާހަގަކޮށްދެއްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ވަންގް ލިޒިނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓު މަޝްރޫއު ނިންމާލުމަށް ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ އިންފްރާންސްޓަކްޗާ މިނިސްޓްރީ

މި މަޝްރޫގެ ދަށުން އަލިފުށި، އޮޅުވެލިފުށި، ކެލާ އަދި ދާންދޫގައި ގާއިމުކޮށްފައިވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓެއް ގާއިމުކޮށް 200KW ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ނަމަވެސް ކާށިދޫގައި ގާއިމުކޮށްފައިވަނީ ދުވާލަކު 200 ތަނުގެ ފެން އުފެއްދޭ ޑީސަނިނޭޝަން ޕްލާންޓެއް ގާއިމުކޮށް 100KW ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އަމަލީ މަސައްކަތް ނިންމާ ޓެކްނިކަލް ހޭންޑް އޯވާ ސެޓްފިކެޓްގައި ސޮއި ކޮށްފައިވަނީ 12 އޮކްޓޯބަރ 2023 ގައެވެ.

comment ކޮމެންޓް