ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދައިފި، މަރުހަބާ!

މޮރިޝަސް ބަލިކުރުމަށްފަހު ރާއްޖޭގެ އަންހެން ގައިމީ ޓީޓީ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އެމްއޯސީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ އިވެންޓުގެ ފައިނަލްފައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ މޮރިޝަސް ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމުން ރަން މެޑަލް ހޯދައިފި އެވެ.

މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދި އަންހެން ގައުމީ ޓީޓީ ޓީމުގައި ހިމެނެނީ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާނާ ނިމާލެވެ.

ރާއްޖެއިން މެޗު ކާމިޔާބު ކުރީ 3-2 ގޭމުންނެވެ.

ފުރަތަމަ ގޭމްގައި، ރާއްޖޭގެ ފާތިމަތު ދީމާ އަލީ މޮރިޝަސްގެ ކުޅުންތެރިޔާ އަތުން ބަލިވީ، 3-1 އިންނެވެ. އެގޮތުން ފުރަތަމަ ސެޓުން ދީމާ ބަލިވީ 11-9 އިންނެވެ. ދެ ވަނަ ސެޓުން 11-2 އިން ބަލިވި ނަމަވެސް ތިން ވަނަ ސެޓް ކާމިޔާބު ކުރީ 12-10 އިންނެވެ. ހަތަރު ވަނަ ސެޓުން ބަލިވީ 11-6 އިންނެވެ.

ދެ ވަނަ ގޭމު ރަފާ ކާމިޔާބު ކުރީ 3-2 ންނެވެ. އޭނާ މެޗުތައް ކާމިޔާބު ކުރީ 9-11، 12-7، 3-11 އަދި 11-9 އިންނެވެ.

ތިން ވަނަ ގޭމުން ތަޖުރިބާކާރު ކުޅުންތެރިޔާ މުއިނާ މުހައްމަދު ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓްތައް ދިޔައީ 11-1، 11-8 އަދި 14-12 އިންނެވެ.

ހަތަރު ވަނަ ސެޓް ދީމާ ނެގީ 3-1 އިންނެވެ. އޭނާ ސެޓްތައް ގެންދިޔައީ 7-11، 11-6، 11-5 އަދި 11-6 ންނެވެ.

މެޗު ވިނިން ގޭމުން ރަފާ ކާމިޔާބު ހޯދީ 3-1 އިންނެވެ. އޭނާ ސެޓްތައް ކާމިޔާބު ކުރީ 11-6، 11-5، 10-12 އަދި 12-11 އިންނެވެ.

comment ކޮމެންޓް